Tuesday, November 10
ޖެނުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު 11 ޕަސެންޓްގެ ކުރިއެރުމެއް
މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއައި ތޫރިސްޓުންގެ އަދަދޫ އޭގެ ކުރީ އަހަރާިއ އަޅާބަލާއިރު 11.6 އިން ސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ 2025 ވަނަ އަހަރު ރައްޖެއައި ފަތުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 214863 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ ފަރތުރުވެރިންގެ އަދަދު 6931 އެވެ. އެއް ދުވަހެއްގެ ތެރޭގައި ޖެނުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން އައި އަދަދަކީ 9199 އެވެ. ޖެނުއަރީ މަހު އެންމެ މަދުން ފަތުރުވެރިން އައި ދުވަހުވެސް 5259 ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އައީ 192،381 ފަތުވެރިންނެވެ. މިއަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައި މަންޒިލްތަކަށް ބަލާއިރު ޗައިނާ އުޅެނީ އެންމެ ކުރީގައެވެ. އެއީ 35،948 ފަތުރުވެރިންނެވެ. ދެވަނަ އަށް އޮތީ ރަޝިޔާއެވެ. އެއީ 21،835 ފަތުރުވެރިންނެވެ. ތިން ވަނައިގައި އިޓަލީ ވިލާތް އޮތްއިތު ހަތަރު ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ފަސްވަނައިގައި އޮތީ ޖަރުމަނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.4 ޕަސެންޓް  ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.6 ޕަސެންޓް ފަތުރުވެރިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު