Friday, November 13
ރޯދަ މަހު ބަސް ދަތުރުކުރާ ގަޑިތަކަށް ބަދަލެއް

ރަމަޟާން މަހާއި ދިމާކޮށް ގްރޭޓަރ މާލޭ ސަރަހައްދުގައި އެމްޓީސީސީން ދެމުން އަންނަ ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން ރަމަޟާން މާލޭ އަދި ހުޅުމާލޭ ފޭސް 1 ގައި ބަހުގެ ޚިދުމަތް ފެށޭނީ ހެނދުނު 7 ޖަހާއިރެވެ.  އަދި ރޯދަ ވީލއްމުމުގެ ކުރިން އެންމެ ފަހު ބަސް ދަތުރުކުރާ ގަޑިއަކީ ހަވީރު 5 ޖެހުމާއި ހަމައަށެވެ. ރޯދާވީއްލާ ގަޑިއަށް ފަހު ދެން ޚިދުމަތް ފެށޭނީ ރޭގަނޑު 07:20 ގައި ބަސް ދަތުރުފެށުމަށް ފަހު ރޭގެނަޑު 12 ޖަހަންދެން ބަސް ދަތުރުގެ ޚިދުމަތް ލިބޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެހެން ނަމަވެސް މިނީ ބަހުގެ ޚދިުމަތް ހެނދުނު 7 ން ފަށައިގެން 6 ޖެހުމާއި ހަމައަށް އޮންނާނެއެވެ. އަދި ރޭގަނޑު 9-12 އަށް މިނިީ ބަހުގެ ޚިދުމަތް ލިބޭނެއެވެ.

އެމްޓީސީން ބުނީ ބަހާއި ފެރީ ގެ ޚިދުމަތަށް ރޯދަމަހު ބަދަލު އައިނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތައް ދަތިނުވާގޮަކަށް ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެމޓީސީން ބުނީ ޕީކް ގަީޑތަކުގައި ޓްރެފިކް ބޮޑުވުމުގެ ސަބަބުން ބަސް ޑިލޭ ވުމުގެ ކަންކަން ހައްލުކުރުމަށް ފުލުހުންނާއި އެކު މަސައްކަތް ކުރެވެމުންދާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު