Friday, November 13
ޑިިގްރީ ޕްރޮގްރާމްތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވަނީ ލިޔެކިއުންތައް ނެތުމުން: މިނިސްޓަރ
  ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ލަސްވާ އެންމެ ބޮޑު މައްސަލައަކީ ލިޔެކިއުންތައް ހަމަނުވުންކަމަށް ހަޔަރ އެޑިޔުކޭޝަން މިިނިސްޓަރ ޑޮކްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. ރޭގެ އަހާ ފޯރަމްގައި އާއްމު މީހަކު ޑިގްރީ ޕްރޮގްރާމްތަކަށް ފައިސާ ދިނުމުގައި ލަސްވާ މަައްސަލައާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެކަމުގައި އެންމެ ބޮޑު މައްސަލައަކީ ލިޔެކިއުންތައް ހަމަނުވުންކަމަށެވެ. ލިޔެކިޔުން ހުށަހެޅުމުގެ މަރުޙަލާ ފުރިހަމަވާނަމަ ފައިސާ ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާއިރު ހުރިހާ ލިޔުމެއް ހަމަތޯ ރަނގަޅަށް ޗެކް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. "ޑިގްރީ ޕްރޮގްރާމް ތަކަށް ދޭން ޖެހޭ ފައިސާ ދިނުމުގައި ދަތިވާ އެންމެ ބޮޑު މައްސަލައަކީ ލިޔެކިއުންތައް ހަމަނުވުން. ލިޔެކިޔުންތައް ހަމަވެފައިވާނަމަ އެއްވެސް ކަހަލަ މައްސަލައެއް ނޫޅޭނެ. އެހެންވީމަ ވަރަށް ބޮޑަށް ޔަޤީން ކުރައްވަންވާނެ ދަރިވަރުންވެސް ހުރިހާ ލިޔެކިޔުންތައް ހަމަތޯ." ޑޮކްޓަރ އަލީ ހައިދަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ތަންތަނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަނުގައި ކިޔަވައިދެނީ ކޮލިފިކޭޝަން ފްރޭމް ވޯކުގައި ކަނޑައަޅާފައިވާ މިންގަނޑަށްތޯ ކަށަވަރުކުރުމުގެ މަސައްކަތް ވަރަށް ގާތުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ފެންވަރު ރަނގަޅު، އާއްމުން ބަލައިގަންނަ ފެންވަރެއްގެ ތަޢުލީމަކަށް ހެދުން ކަމަށް ވެސް ރޭ މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު