Friday, November 13
ރަމަޟާން މަހާ ދިމާކޮށް މީސްތަކުންނަށް އިޙުސާންތެރިވުމަށް މިނިސްޓަރ އެދިވަޑައިގެންފި

ރަމަޟާން މަހާ ދިމާކޮށް މީސްތަކުންނަށް އިޙުސާންތެރިވުމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމް އިން ގެނެސްދިން "އަހާ" ފޯރަމްގައި ރަމަޟާން މަހާ ދިމާކޮށް މުދަލުގެ އަގުތައް އުފުލުމާ ގުޅިގެން އާއްމު ފަރުދަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އިސްލާމްދީނުގައި ކަންކަން ބިނާވެފައި އޮންނަ އެންމެ މުހިއްމު އެއް ސިފައަކީ ރަޙުމަތާއި ކުލުނުވެރިކަމާއި އިޙުސާންތެރިކަމުގެ ސިފަ ކަމަށެވެ. އަދި ވިޔަފާރީގެ ތެރޭގައި އިހްސާންތެރިވުމާއި އަމާނާތްތެރިވުމަކީ މާތްﷲ އެކަންކަމަށް ނުހަނު ލޯބިވެ ވޮޑިގަންނަވާ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ދިނުމެއް ދީނުގައި ނޯންނަކަމަށާއި ވިޔަފާރީގެ ކަންކަން ތަރުތީބުވެފައި އޮންނަން ޖެހޭނީ ދެ ފަރާތަށްވެސް އޭގެ މަސްލަހަތު އޮންނަ ގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މުސްލިމުންގެ ސަޤާފަތާއި އަޚުލާޤާއި މިހުރިހާ ކަމެއް ބިނާވާންޖެހޭ އެންމެ މުހިއްމު އަސާސަކީ އިޙުސާންތެރިކަން، ކުލުނުވެރިކަން، އަޚުލާޤު އަނެއް މީހާއަށް އެހީތެރިވުން، ދަތި އުދަގޫކަމެއް މެދުވެރިވެފައިވާ މީހާއަށް ކަންކަން ފަސޭހަކޮށްދިނުން. އެގޮތަށް ހަމަ ވިޔަފާރީގެ ތެރޭގައިވެސް ކަންކަން މިއޮންނަނީ" ޑރ. މުޙައްމަދު ޝަހީމު ވިދާޅުވިއެވެ.

އިޙުސާންތެރިވުމަށް ބާރުއެޅުމުގެ ގޮތުން ޚުޠުބާ އަދި ދީނީ ވަޢުޒުތަކުގައި އެކަމަށް ބާރުއަޅައި ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ރޭ ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު