Friday, November 13
އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީހު ނަމާދު ކުރާނީ ޒުވާން 4 ޚަތީބުން

މި ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރައްވާނީ ރާއްޖޭގެ ޒުވާން ހަތަރު ޚަތީބުން ކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފާއި ކަމަށެވެ.

"ސުލްޠާން މުޙައްމަދު ލަޠީފް ގުޅިވަޑައިގަންނަވާނީ ފަހު ދިހައިގަ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު  އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފްއެވެ"   ޑޮކްޓަރ ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން  ނެރުއްވުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ވަނީ ޒުވާން އިމާމުންނާއި ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން 270 ޚަޠީބުންވަނީ ތަމްރީނުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު