އޮމާނަށް ވަޑައިގެންނެވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޚަލީލް ވަނީ އޮމާންގެ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއާއި މެހުމާންދާރީއަށް ޝުކުރު ދަންނަވައިފައެވެ. މީގެ އިތުރުން، ކޮންފަރެންސްގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.Arrived in Muscat #Oman to participate in the 8th Indian Ocean Conference. Deeply appreciate the warm welcome and hospitality extended by the Government of Oman. I look forward to engaging in productive discussions and strengthening collaborations with my esteemed counterparts.… pic.twitter.com/FtJjRsSxlQ
— Abdulla Khaleel (@abkhaleel) February 15, 2025

ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އޮމާނަށް ވަޑައިގަންނަވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޑރ. ޚަލީލްގެ އޮމާނަށް ވަޑައިގެންނެވީ ފެބުރުވަރީ 16 އިން 17 އަށް މަސްކެޓްގައި ބާއްވާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މި ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ "ވޮޔޭޖު ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.
މި ލިޔުން ކިޔާލުމުން





