Monday, November 2
އިސްރަށްވެހިންގެ ނާދީތައް ޤާއިމުކުރަން 60 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފި

އިސްރަށްވެހިންގެ ނާދީތައް ޤާއިމުކުރުމުގެ މަަސައްކަތަށް 60 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ރޭ ގެނެސްދިން އަހާ ފޯރަމުގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެނިހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައިވެސް އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާ ކަމަށާއި އެފަދަ މީހުންނަށް އުޅެވޭނެ ތަންތަން ހެދުމަށް ކައުސންސިލްތަކާއި އެކު ކުރައްވާ މަޝްވަރާގެ ތެރެއިން ގިނަ ކައުންސިލްތަކުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ކަންސިލްތަކާއި މަޝްވަރާ ކުރަމުން އެބަ ގެންދަން ވަކި ރަށްރަށުގައި އިސްރަށްވެހިން އެކު އުޅެލާނެ ތަންތަން ފާހަގަކުރުމަށް، އެގޮތުން ގާތްގަނޑަކަށް 60 ވަރަކަށް ކައުންސިލުން ޝައުގުވެރިކަން ފާހަގަކޮށްފައި އެބައޮތް" އައިޝަތު ޝިހާމް ވިދާޅުވިއެވެ.

އިސްރަށްވެހިންނަށް ގަދަރުވެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ، މިހާރު ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.
މާލޭގައި ރައްޖޭގެ ފުރަތަމަ އިސްރަށްވެހިންގެ ނާދީ ހުޅުވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ 3 ސަރަހައްދެއްގައި އިސްރައްވެހިންގެ ނާދީ ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އައްޑޫ ސިޓީގައި އިސްރަށްވެހިންގެ ނާދީ ހެދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.

މި ސަރުކާރުން އިސްރަށްވެހިންނަށް ދިމާވާ ގޮންޖެހުންތައް ބަލައި ހޯދައި އެކަންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަން ލިބުމުގައިވެސް އެފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލެއް މިހާރު ހަމަޖައްސަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިސްރަށްވެހިންނަށް ބޯހިޔާވަހިކަމުގެ ކަންތަކުގައިވެސް ޕޮއިންޓް ލިބޭނެ ނިންމުމެއް ކެބިނެޓުން މިހާރު ނިމްނާފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު