Friday, November 13
ފެނަކައިގެ ދަށުގައި ހުރި އައިސްޕްލާންޓްތައް މިފްކޯއާއި ޙަވާލުކޮށްފި
ފެނަކައިގެ ދަށުން ހިންގަމުން ދިޔަ އައިސް ޕްލާންޓުތަކެއް ހިންގުން، މިފްކޯއާ މިއަދު ހަވާލުކޮށްފި އެވެ. މިފްކޯ އިން މިއަދު ބުނީ ފެނަކަ ކޯޕަރޭޝަންގެ ދަށުން 14 ރަށެއްގައި އޮޕަރޭޓްކުރަމުން އައި އައިސްޕްލާންޓުތަކާ މިއަދު މިފްކޯ އިން ހަވާލުވެފައިވާ ކަމަށެވެ. އެގޮތުން މި އައިސްޕްލާންޓް މިފްކޯ އާއި ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އަދި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ. އެއީ، ހއ. އިހަވަންދު އާއި ނ. ޅޮއްސާއި ރ. އަލިފުށްޓާއި ބ. ތުޅާދު އާއި ފ. ނިލަންދު އާއި ތ. ހިރިލަންދު އާއި ގއ. ދާންދު އާއި ގއ. ދެއްވަދޫ އާއި ގއ. ގެމަނަފުށްޓާއި ގއ. ކޮލަމާފުށްޓާއި ގދ. ފަރެސްމާތޮޑާ އާއި ގދ. ފިޔޯރީ އަދި ސ. ހިތަދޫގައި ހުންނަ އައިސްޕްލާންޓެވެ. މި ހުރިހާ އައިސްޕްލާންޓްތައް އޭގެ އެންމެ ފުލް ކެޕޭސިޓީގައި އޮޕަރޭޓްކުރުމަށް މިފްކޯގެ އިންޖީނިއަރުންނާއި ޓެކްނިކަލް ޓީމުން އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ. މިފްކޯ އިން ބުނީ މިއީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު މަތިކުރެވޭނެ ނިންމުމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު