Saturday, October 31
ހޯމަ ދުވަހު އައްޑޫގައި މަސްދަޅުތައް ބަހަން ފަށަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އައްޑޫ ސިޓީގައި ބެހުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އައްޑޫގެ ރައްޔިތުންނަށް ބެހުމަށް ފޮނުއްވި މަސްދަޅު ކޭސް، ރަޖިސްޓްރީ ކުރެވިފައިވާ މީހުން ދިރިއުޅޭ ގެތަކަށް 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން ބަހާނެ ކަމަށެވެ. މިގޮތުން ކައުންސިލްގެ އަވަށު އޮފީސްތަކުގެ ފަރާތުން ގެތަކަށް ޒިޔާރަތްކޮށް، މަސްދަޅު ކޭސް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި 17 ނޮވެންބަރު 2024 ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭނެ ކަމަށް ވިދާޅުވެފައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުން ވަނީ މިދިޔަ ރޯދަމަހު ކަރަންޓް ބިލުން ޑިކްސްކައުންޓް ދީފައި ކަމަށެވެ. އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަަމަށެވެ. މީގެއިތުރުން މިދިޔަ ރޯދަމަހު 82،000  ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މިދިޔަ ރޯދަ މަހުގައި ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާޑުގެ ބާވަތްތައް ދިންކަން ވަނީ ފާހަގަކުރައްވައިފައެވެ. ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ކޭހެއް ދިނުމަށް އެސްޓީއޯއަށް އަންގަވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު