Friday, November 13
މަރަދޫ މެންބަރުގެ ބައްޕަގެ ހަނދާނުގައި ރޯދަ މަހު ޤުރުއާން މުބާރާތެއް ބާއްވަނީ

އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދުދީދީ ގެ ބައްޕަގެ ހަނދާނުގައި މުޅި އައްޑޫ ސިޓީ އަށް ހުޅުވާލައިގެން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރޞަތު ހުޅުވާލައިފިއެވެ.

ޤުރުއާން މުބާރާތް ކުރިއަަށް ގެންދަނީ މެންބަރުންގެ ބައްޕަ މަރުހޫމް މޫސާ ނާސިރުގެ ހަނދާނުގައި "މޫސާ ނާސިރު މެމޯރިއަލް ޤުރުއާން ކޮމްޕެޓިޝަން 2025" ގެ ނަމުގައެވެ. މި މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ މި މަހުގެ 26 އާ ހަމައަށެވެ.

"މޫސާ ނާސިރު މެމޯރިއަލް ޤުރުއާން ކޮމްޕެޓިޝަން 2025" އަކީ މުޅި އައްޑު އަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މި ޤުރުއާން މުބާރާތް އޮންނާނީ ރަމަޟާން މަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު