Friday, November 13
އެމްއެންޔޫގެ ފަހި ސުފުރާ އަށް ބޮޑު ތަރުހީބެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ މިއަހަރުގެ "ފަހި ސުފުރާ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި މި މައުރަޒު، މައުރަޒު ޝަރަފުވެރިކޮށް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝަޢުޤީއެވެ. މި މަޢުރަޒަކީ ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކައިލުމަށް އަމާޒުކޮށް އެމްއެންޔޫ އިން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔަ މަޢުރަޒެކެވެ. ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާ އެކި ފަރާތްތަކަށް މި މަޢުރަޒުގައި އެއްވެސް އަގަކާއި ނުލައި މުޅިން ހިލޭ ބައިވެރިވެއެވެ. މި މައުރަޒުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންގެ ތެރެއިން ކާބޯތަކެތި ތައްޔާރުކުރާ އެކަމުގެ ވިޔަފާރިކުރާ ދަރިވަރުން ބައިވެރިވިއެވެ. މިދިޔަ ބުރާސްފަތި ދުވަހުން  ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ މި މައުރަޒަށް ގިނަ ބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މައުރަޒެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު