Friday, November 13
ބްރޯޑްކާސްޓްކުރާ ކޮންޓެންޓް އާއްމުން ބަލާ މިންވަރު ބަލަނީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ހިންގާ ޗެނަލްތައް އާއްމުން ބަލާ އަދި އަޑުއަހާ މިންވަރު ދެނެގަތުމަށް އެ ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް  ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

‎މި މަސައްކަތް ކުރަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ބްރޯޑްކާސްޓިންގ ދާއިރާ ކުރިއެރުވުމަށް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އަދި ބްރޯޑްކާސްޓަރުން އުފައްދާ ކޮންޓެންޓް އިތުރަށް މުއްސަނދި ކުރުމަށް އެފަދަ ރެކޯޑެއް ބެލެހެއްޓިފައި ހުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް ދެކިގެން ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.

އަދި މި މައުލޫމާތަކީ ކޮމިޝަންގެ ޕޮލިސީތައް ބައްޓަން ކުރުމަށްވެސް މުހިންމު މައުލޫމާތެއްކަމަށް އެ ކޮމިޝަނުން ބުންޏެވެ.

‎އެހެން ކަމުން ދާއިރާގެ ކަމާގުޅޭ ފަރާތްތަކުން މި މައުލޫމާތު އެއްކުރުމަށް ނިންމައި އެމައުލޫމާތު ގަވައިދުން ފޯރުކޮށްދެއްވުމަށް އެފަރާތްތަކަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

‎‎މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާޢިދު ފަރުމާކޮށްފައި ވަނީ މައިގަނޑުގޮތެއްގައި ލޯކަލް ކޮންޓެންޓް ކުރިއެރުވުމަށާއި އަދި ބައިނަލްއަޤްވާމީ ކޮންޓެންޓް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށްވާއިރު، އާއްމުން ޗެނަލްތައް ބަލާ މިންވަރު ދެނެގަތުމަށް މިފަދަ ރިކޯޑެއް ބެލެހެއްޓުމަކީ ބްރޯޑްކާސްޓް މީޑިއާތަކުގެ ކޮންޓެންޓް އިތުރަށް ފުޅާކޮށް ބައްޓަންކުރަން އިތުރަށް ފަސޭހަވެގެންދާނެ ކަމެއްކަމަށް ކޮމިޝަނުންދެކެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު