Saturday, October 31
ހިލޭ ޑިގްރީ ސްކީމަކީ އަޅުގަނޑު އެންމެ ފަޚުރުވެރިވާ އެއް ކާމިޔާބީ: ރައީސް ޞާލިޙް
ހިލޭ ޑިގްރީ ސްކީމް އިފްތިތާޙްކުރެއްވުމަކީ ރައީސްކަމުގެ ދައުރުގައި ހާސިލުކުރެއްވުނު އެންމެ ފަޚުރުވެރި ކާމިޔާބީ ކަމަށް ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިގޮތުން ހިލޭ ޑިގްރީ ސްކީމް އިފްތިތާޙް ކުރިތާ ހަ އަހަރު ފުރުމާ ގުޅިގެން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، މމީގެ ހަ އަހަރު ކުރިން ހިލޭ ޑިގްރީ ސްކީމް ފަށައި، ދަރިވަރުންނަށް މަތީ ތަޢުލީމަށް ހިލޭ ކިޔެވުމުގެ މަގު ހުޅުވިގެން ދިއުމަކީ އެމަނިކުފާނުގެ ރައީސްކަމުގެ ދައުރުގައި ހާސިލުކުރެއްވުނު ކަންތައްތަކުގެ ތެރެއިން އެންމެ ފަޚުރުވެރިވާ އެއް ކާމިޔާބީ ކަމަށެވެ. މީގެ އިތުރުން، ވެރިކަން ނިމުނުއިރު، ހިލޭ ޑިގްރީ ސްކީމުގައި 18،000 އަށްވުރެ ގިނަ ދިވެހި ޒުވާނުން ބައިވެރިވެފައިވާއިރު، 8،500 ދަރިވަރުން ވަނީ އެ ޕުރޮގުރާމުގެ ދަށުން ފުރަތަމަ ޑިގްރީ ހާސިލުކޮށް ނިންމާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ތަޢުލީމަކީ ހަމަހަމަކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމު ކަމަށާއި، ތަޢުލީމުގެ ސަބަބުން ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއަށް ގޮސް، ޤައުމު ބިނާކުރުމުގައި ހިއްސާވުމުގެ ފުރުޞަތުތައް ހުޅުވާލެވިގެންދާ ކަމަށެވެ. އަދި ހިލޭ ޑިގްރީ ސްކީމްގެ ކާމިޔާބީ އަކީ މިކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ކަބަލުން - 2025-02-15T14:50:31

    ހިލޭ ޑިގުރީ ދިނީ ސޯލިހު އެބަދަލެއް ނުކުރެވޭނެ.