އޭޝިއާ ބައްރުގެ ޤައުމުތަކުން ވާދަކުރާ އަމާޒަށް ބަޑި ޖެހުމުގެ މުބާރާތް، 'އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް' ގެ ޖޫނިއަރ އުމުރު ފުރާގެ އަންހެން ކުޅުންތެރިންގެ ބައިގެ ފައިނަލްގައި ވާދަކޮށް، ދިވެހިރާއްޖޭގެ ޒުވާން ކުޅުންތެރިޔާ މަރިޔަމް އީޝަލް މިޞްބާޙް ހޯދި ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މި މުބާރާތުގައި އީޝަލް ހޯދާފައިވަނީ ރިހި މެޑައްޔެކެވެ.
މިކަމާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ދަންނަވައިފައެވެ.
ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ދަންނަވަން!
15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން… pic.twitter.com/i4YFpST6Jt
— Dr Mohamed Muizzu (@MMuizzu) February 14, 2025
މީގެ އިތުރުން ރައީސް ވިދާޅުވީ، 15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައިވާ ކަމަށާއި، އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދާފައިވާ ކަމަށެވެ.
'އޭޝިއަން ޕިސްޓަލް އެންޑަ ރައިފަލް ކަޕް 2025' ކުރިއަށް ދަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. މި މުބާރާތުގެ ޖޫނިއަރ އުމުރުފުރާގެ އަންހެން ކުޅުންތެރީންގެ ބައިން ރިހިމެޑަލް ހޯދި އުމުރުން 15 އަހަރުގެ މަރިޔަމް އީޝަލް މިޞްބާޙަކީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ.
މި ލިޔުން ކިޔާލުމުން