Friday, November 13
ހުޅުމާލޭގެ މަގުމަތައްމަތީގައި ކޮންކްރީޓް މޮނިއުމަންޓް ގެ ބަދަލުގައި ބަގީޗާ ހައްދަނީ
ހުޅުމާލޭގެ މަގުމަތައްމަތީގައި ކޮންކްރީޓް މޮނިއުމަންޓް އެޅުމުގެ ގެ ބަދަލުގައި ބަގީޗާ ހައްދަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ ) އިން ނިންމައިފއެވެ. އެ ކުންފުނީގެ ސީއޯއޯ އަހުމަދު އިބްރާހިމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް ބިނާތައް އެޅުމުގެ ޕްލޭން އެ ކުންފުނިން މުރާޖައާ ކޮށްފައިވާ ކަމަށެވެ. ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑް ޕްރޮޖެކްޓްގެ ގްރީންސްކޭޕިން މިހާރު ނިންމާލާފައިވާ ކަން ފާހަގަކޮށް އޭނާ ވިދާޅުވއެ ތަނުގައި މިހާރު އިންދާފައިވާ ގަސްތައް ހެދިބޮޑުވުމުން މާ އެޅުމުން އެތަނަށް އިތުރު ފުރުހަމަކަމާއި ހިތްގައިމުކަން ލިބޭނެކަމަށެވެ. ހުޅުމާލޭގެ 17 ސަރަހައްދެއްގައި މޮނިއުމަންޓުތަކެއް ބަހައްޓަން ނިންމާ އެ މުބާރާތަށް ޖުމްލަ ހަތް ހުށަހެޅުމެއް ލިބުނެވެ. ނަމަވެސް މުބާރާތުގެ އެއްވަނަ ލިބުނު ޑިޒައިނަށް އާއްމުންގެ ގިނަ ޝަކުވާތަކެއް ލިބުމުން ޑިޒައިންތައް ރިވިއުކުރަން އެޗްޑީސީން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު