ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާ ގުޅިގެން "ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމުގެ ޚާއްޞަ ޙަރަކާތެއް ބާއްވަން ނިންމައިފިއެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ހަރަކާތް ފަށާނީ މާދަމާ ހެނދުނު 6:15 ގައެވެ.
މި ހަރަކާތުގައި ސަރުކާރުގެ ގިނަ ވުޒާރާތަކަކާއި ކުންފުނިތަކަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ތަޢުލީމީ ވުޒާރާ، ދިފާޢީ ވުޒާރާ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ، ޞިއްޙީ ވުޒާރާ، އެމްޓީސީސީ، އާސަންދަ ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން، މޯލްޑިވް ގޭސް، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް، ޕެންޝަން އޮފީސް، މީރާ، ޓެކްސް އެޕީލް ޓްރައިބިއުނަލް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، ކަރެކްޝަންސް، ވެމްކޯ އަދި މާލޭ ސިޓީ ކައުންސިލް ހިމެނެއެވެ.
ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން މާލެތެރެއާއި، މާލޭގެ މުހިންމު ގިނަ ސަރަހައްދުތައް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރެވޭނެ ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މި ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް މަސައްކަތަށް ބޭނުންވާ އަންގިއާއި، ގޯންޏާއި، ބޯފެން ފަދަ އެއްޗެހި އެ ވުޒާރާއިން ފޯރުކޮށްދޭނެ ކަމަށްވެސް ސިޓީތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން