Saturday, October 31
ދުންފަތާ ދުރުހެލިވުމަށް ސަމާލުކަން ދިނުމަށް ވަޒީރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި

ދުންފަތާ ދުރުހެލިވުމަށް ހުރިހައި ޒުވާނުން ސަމާލުކަން ދެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއިލްތިމާސް ކުރައްވައިފިއެވެ.

ވަޒީރު އާދަމް ޝަރީފު މިފަދައިން އިލްތިމާސްކުރެއްވީ ހއ. ދިއްދޫ ކައުންސިލާއި، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ކުޅިވަރާއި، ކަސްރަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބޮޑެތި ބަލިތަކުން ދުރުހެލިވުމަށްޓަކައި ކުޅިވަރާއި، ކަސްރަތު ކުރުމަކީ ޞިއްޙީ މާހިރުން ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށް މިފަދަ މުބާރާތެއް ދިއްދޫގެ ޒުވާނުންނަށް ބާއްވާތީ އުފާކުރައްވާ ކަމަށް ވިދާޅުވެ، ކައުންސިލަށާއި އ.ތ.މ ކޮމިޓީއަށް ޝުކުރު ދަންނަވައިފައެވެ.

މި މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސާއި، ދިއްދޫ ކައުންސިލްގެ ރައީސާއި، ދިއްދޫ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ދިއްދޫގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަންއިއްބެ - 2025-02-14T14:38:09

    މިނިސްޓަރ އާދަމްޝަރީފު މިފަދަހެޔޮކަމަކަށްގޮވާލެއްވީތީ ޝުކުރުވެރިކަމާއެކު އެކަން އަޅުގަނޑުޤަބޫލުކުރަން