Monday, November 2
ހާލު ކިހިނެއް ޕްރޮގްރާމް: 12000އަށްވުރެ ގިނަ ޢާއިލާގެ މަޢުލޫމާތު އެއްކޮށްފި

ސޯޝަލް މިނިސްޓްރީން ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގައި މިހާތަނަށް  12000އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، ޙާލަތު ދެނެގަނެފައިވާކަމަށް ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ ކަންކަމާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ޕްރްގްރާމެއް ކަމަށެވެ. އެގޮތުން މީހުންގެ އާއްމު ދިރިއުޅުމުގެ ދަތިތަކުގެ މަޢުލޫމާތު ހިއްސާކޮށް އެކަމުގެ ހައްލު ހޯދުމަށް މި ޕްރޮގްރާމްގެ ދަށުން ފަހި ފުރުޞަތުތަކެއް ފަހިވެގެންގޮސްފައިވާ ކަމަށެވެ.

މިހާރު ޖުމުލަ ސާޅީސް ރަށަކުން މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި މިހާރުވެސް ބައެއް ރަށްރަށުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"12000އަށްވުރެ ގިނަ ގޭބިސީން މަޢުލޫމާތު އެއްކޮށްފިން. މިހާރު އަތޮޅުތަކުގެ 40 ރަށަކުން މަޢުލޫމާތު އެއްކޮށްފި. އަދި އިތުރު 30 ރަށަކުން މަޢުލޫމާތު އެއްކުރުން ކުރިއަށްދޭ." ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ކަންކަމުގައި މނިސްޓްރީ އަށް ގުޅާ ފަރާތްތަކަށް ޖަވާބުދޭ މިންވަރު އިތުރުކުރުމަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ޢާއިލާތަކުގެ މަޢުލޫމާތު ބެލެހެއްޓޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީ އާއި ގުޅޭ ގޮތުން ރައްޔިތުންގެ ފަރާތުން ފާހަގަކުރެއްވުނު އެންމެ ބޮޑު ޝަކުވާއަކީ މިނިސްޓްރީއަށް ނުގުޅޭކަމުގެ ޝަކުވާ ކަމަށެވެ. އެކަން ހައްލުކުރުމަށް  ކުރިން ބޭނުންކުރަމުން އައި ނަންމަރުތަކުގެ އިތުރަށް އައު ނަންބަރެއް އިފްތިތާހްކޮށް ޚިދުމަތް ރަނަގަޅުކުރުމުގެ މަސައްކަތް ފެށިއިރު އެ މިނިސްޓްރީއަށް ލިބޭ ކޯލްތަކުގެ 40 އިންސައްތަ ކޯލަށްވެސް ޖަވާބު ނުދެވޭ ކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

ޑިޖިޓަލް ނިޒާމެއް އެކުލަވާލެވުމުން މިނިސްޓްރީން އެހީތެރިކަން ދޭ އެންމެންގެ މަޢުލޫމާތާއި އެބަޔަކަށް މިނިސްޓްރީން ފޯރުކޮށްދޭ އެހީތެރިކަމުގެ މަޢުލޫމާތުވެސް އެއް ތަނަކުން ފެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު