Monday, November 2
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ސްކޫލް ނިންމާ 24 ކުއްޖަކަށް ތަމްރީން ދީ ވަޒީފާއަށް ނެރެނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ގްރޭޑް 10 ނިންމާ އަދި މިއަހަރު ގްރޭޑް ދިހައެއް ނިންމާ 24 ކުދިން އެބަތިބި ކަމަށާއި އެކުދިން އަމިއްލަ ފައިމައްޗަށް ތެދުވެވެ ބަޔަކަށް ހެދުމަށް ތަމްރީން ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ ވިދާޅުވީ އެކުދިން ސްކޫލް ނިންމާ، ޝައުގުވެރިވާ ދާއިރާއަކުން ކިޔެވޭނެ ފުރުޞަތު އޮންނަ ޞަރައްދަކަށް މިނިސްޓްރީ ގެ ބެލުމުގެ ދަށުން ބަދަލުކޮށް ތަމްރީން ދިިނުމުގެ ކަންކަން ފަހި ކުރަމުން އަންނަ ކަމަށެވެ.

މިސާލެއްގެ ގޮތުން މިނިސްޓަރ ވަނީ އަހްމަދު ކިޔާ ކުއްޖަކު ޑައިވިންގ އަށް ޝައުޤުވެރިވާތީ، އެ ދާއިރާއިން ކިޔެވޭނެ ސަރަހައްދަކަށް ބަދަލުކޮށް އޯޕަން ޑައިވިންގ ތަމްރީން ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ. މިހާރު އިތުރަށް އެދާއިރާއިން އެޑްވާންސް ތަމްރީން ހަދަން ބޭނުންވެ ވެ އެކަމަށް އެކުއްޖާ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ކުރެވުނު މަސައްކަތުން، ތަމްރީން އަށް ފަހު އޭނާއަށް ވަޒީފާ ދިނުމަށް ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ވަޒީފާ ދޭ ދެ ތަނަކުން އަޅުގަނޑުމެންނާއި އެކު އެއްބަސްވެއްޖެ އަޅުގަނޑުމެން މީނަ ގެންގޮސްގެން އިންޓަރންޝިޕެއް ދީފައި އޭގެ ފަހުން ވަޒީފާއެއް ދޭނެ ކަމަށް"  މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ވެސް އަމިއްލަ އާއިލާ އަކާއި، ވަޒީފާ އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ކުދިންނަށް ހެދުންކަމަށެވެ. އެގޮތުން  އެ ކުދިންނަށް ބޭނުންވާ ލައިފް ސްކިލްސް ފަދަ އެހެނިހެން ތަމްރީން ވެސް ދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު