Friday, November 13
ބޭހުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން: ނާޒިމް

ބޭހުގެ މައްސަލައަށް ވަރަށް އަވަހަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާޙީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ރޭ ވިދާޅުވީ ބޭސް ލިބޭ ނިޒާމު ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
ބޭސް ލިބެން ހުރީވެސް އެންމެ ރަނގަޅު އަގުތަކުގައި ނޫންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މި މައްސަލަ ހައްލުކުރަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

" އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ޙަޤީގަތަކީ ބޭސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދޫކުރެވެނީވެސް ލިބޭނެ ނިޒާމް ހުރީކީވެސް އެންމެ ރަނގަޅަށް ނޫންކަން ރަނގަޅު އަގުތަކުގަ ނޫންކަން" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ނަތީޖާއަކަށްވީ ނާޖާއިޒު ގޮތުގައި ބިލްޑްވަމުން އައި ސިސްޓަމެއްގެ ތެރެއިން އުނދަގޫތަކަކާއި ކުރިމަތިލާންޖެހުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކަމާއި ގުޅޭ ހުރިހާ ފަރާތްތަކާއި އެކު ކުރެވޭ މަޝްވަރާގެ ތެރެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ލަހެއް ނުވެ ފެންނާނެ ކަމަށެވެ.

"ބޭހުގެ މައްސަލައަށް ރަނގަޅު އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ޞިއްހީ ދާއިރާގައި އަބަދުވެސް ހޯދޭ ކާމިޔާބީ އަށް ވުރެ ބޮޑަށް ކަންކަން ހާސިލްކުރަން ކުރަންޖެހޭ ކަންކަމުގެ ގޮންޖެހުން މާ ބޮޑުކަމަށެވެ.

އެގޮތުން ކުރިން ކަންކަން ބައްޓަންވެފައި ހުންނަ ގޮތުގެ ނިޒާމުގައި ހުރި ލޫޕް ހޯލްތައް ނުވަތަ ނެގޭ ނާޖާއިޒް ފައިދާ ނެގުން ހުއްޓުވުމަށް ރައީސް އެޅުއްވި ފިޔަވަޅު ތަކުގެ ތެރެއިން އެއް ފިޔަވަޅަކީ ބޭހުގެ އަގު ކޮންޓްރޯލް ކުރުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި އިރު އާސަންދަ ނިޒާމް އޮތީ ބިލިއަނުން ދަރާފައިކަމަށެވެ. އާސަންދައިގެ ދަށުން ކުރެވޭ ޚަރަދުގެ 65 އިން ސައްތަ ޚަރަދު ކުރެވެނީ ބޭހަށްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު