Friday, November 13
އޭވިއޭޝަން ދާއިރާއިން 100 ޒުވާނުން ތަމްރީން ކުރަނީ
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) ގެ ދަށުން އޭވިއޭޝަން ދާއިރާއަށް 100 ޒުވާނުން ތަމްރީން ކުރަން ނިންމައިފިއެެވެ. މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ހިންގާ މި ޕްރޮގްރާމްގެ ދަށުން މިނިސްްޓްރީން ވަނީ މިއަހަރުގެ އެޕެރެންސްޝިޕް ޕްރޮގްރާމް ހިންގުމަށް އެއަރޕޯޓްސް ގެ އެކި ދައިރާތަކުން ޒުވާނުން ތަމްރީން ކުރުމާއި ގުޅޭ ގޮތުން  މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީ ލިމިޓެޑާއި އެކު މަޝްވަރާކޮށްފައެވެ. މިނިސްޓްރީން ވަނީ  އެޕްރެންޓިސްޝިޕް  ޕްރޮގްރާމް ހިންގުމަށް އެކި ކުންފުނިތަކާއިއެކު މަޝްވަރާކޮށްފައެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން ހިމެނެއެވެ. މި ޕްރޮގްރާމްގެ މަޤްޞަދުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ހިމެނެއެވެ. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު