މިދިޔަ ޖަނަވަރީ މަހުގެ މުދަލު ޒަކާތުގެ ގޮތުގައި 5.32 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން މިދިޔަ ޖަނަވަީ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 5.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 3.58 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ ޖަނަވަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 1.74 މިލިއަން ރުފިޔާ އިތުރުވެފައެވެ.
މިދިޔަ ޑިސެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 9.70 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101.94 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރެން ވާޖިބުވާ ނިޞާބަށް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ބަދަލު ގެނެސްފައެވެ.
މިގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އެ އިދާރާއިން ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން، ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހުގައި ކަމަށްވާތީ، 22 ޖަނަވަރީ 2025 އިން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގުރާމަކަށް 14.9ރ. ގެ ރޭޓުން 595 ގްރާމަށްވާ 8،800.05ރ. ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން