Friday, November 13
ހަރަދުކުޑަކުރަން ފިޔަވަޅު އަޅަން އަނެއްކާ ވެސް އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަބްސިޑަރީ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަނެއްކާ ވެސް އަންގައިފި އެވެ. ޕީސީބީ އިން މީގެކުރިންވެސް ވަނީ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަންގާފަ އެވެ. ޕީސީބީ އިން މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމާއި ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށް އެދިފައިވެ ވެއެވެ. ރާއްޖެއިން ބޭރަށް ކޮންމެހެން ދަތުރެއް ކުރަންޖެހޭނަމަ ބިޒްނަސް ކްލާސް ނުވަތަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށާއި ދަތުރުގެ ހަރަދުތައް ބޭރުގެ ފަރާތްތަކުން ދޭ ހާލަތުގައިވެސް ކުންފުނިން ކުރަންޖެހޭ ހަރަދުތައް ކުޑަކުރަން އެދިފައިވެ އެވެ. އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި ފެރީގެ ހިދުމަތް ލިބޭނަމަ ފެރީގައި ދަތުރުކުރުމަށާއި ކެއުމުގެ ހަރަދުތައް ކުޑަކުރުމަށްވެސް އަންގާފައިވެ އެވެ. ކުންފުނިތަކަށް ފައިދާއެއް ނެތް ގޮތުގައި ބާއްވާ މަހާސިންތާތަކާއި ފެއާތަކުގައި ބައިވެރިނުވާންވެސް މިއަދު ޕީސީބީން ނެރުނު ސަރކިއުލާގައި ވަނީ އަންގާފައިވެ އެވެ. މީގެ އިތުރުންވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫންނަމަ އައުޓްސޯސް ކޮށްގެން ނުކުރުމާއި މުވައްޒަފުންނަށް ތަމްރީން ދިނުމަށް ބޭރުން އައުޓްސޯސް ނުކޮށް މުވައްޒަފުން ބޭނުންކުރުމަށް ވެސް ވަނީ އެދިފައެވެ. ޕިސީބީން މިގޮތަށް ނިންމީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު