Tuesday, November 10
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުން މުހިންމު: އައިއެމްއެފް
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުން އަވަސްކުރުން މުހިންމު ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީ އަދި އިޤްތިޞާދީ ކޮމިޓީއިން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި. އެމް.އެފް)ގެ ބޭފުޅުންނާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައިއެމްއެފްގެ ވަފުދުން ވަނީ އެ ބޭފުޅުންގެ ދިރާސާތަކުގެ އަލީގައި މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަށް ބަދަލުކޮށް އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭކަން ކަށަވަރުކުރުމާއި، ދައުލަތުގެ ކުންފުނިތައް އިޞްލާޙުކުރެއްވުމާއި، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން އާސަންދަ ނިޒާމް ހަރުދަނާ ކުރުމުގެ މުހިންމުކަން  އައިއެމްއެފްގެ ވަދުގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. މި ބައްދަލުވުމުގައި އެބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އަހަރުން އަހަރަށް ކުރިއަރަމުން ދާކަން ފާހަގަކޮށްފައެވެ. އެގޮތުން ފާއިތުވި އަހަރު ފަތުރުވެރިކަމަށް ލިބުނު ކުރިއެރުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މައި އެއާޕޯޓުގެ އައު ޓާމިނަލާއެކު މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ޓީމުން ވަނީ ލަފާކުރައްވާފައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން ލަސްވެއްޖެނަމަ، ދަރަނީގެ އިތުރުން ޑެފިސިޓް ވެސް އިތުރަށް ބޮޑުވާނެ ކަމަށް އައިއެމްއެފް އިން މިއަދު ވަނީ ބުނެފައެެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ރަނގަޅު ޕްލޭނެއް ހެދުމާއި އެ ކަންކަން ތަންފީޒުކުރުން އަވަސްކޮށްފި ނަމަ ރާއްޖޭގެ ހާލަތު ރަނގަޅުވާނެ ކަމަށް ވެސް އައިއެމްއެފް އިން ލަފާކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އަބުދުއްލޯ - 2025-02-12T16:23:27

    އައި.އެމް.އެފު.އިން ހަރަދު ކުޑަކުރަން ބުނީމާ ރައްޔިތުންގެ އަސާސީ ހައްގުތަކައްނޫން އަރައިގަންނަނީ