Saturday, October 31
ވޭޕް ގެ ވިޔާފާރިކޮށްފިނަމަ އެއްލަކަ ރުފިޔާގެ ޖުރިމަނާއެެއް

މިހާރު ރާއްޖޭގައި މަނާކޮށްފައިވާ ވޭޕް އަދި އީ- ސިނގިރެޓް ބޭނުންކުރާ ނަމަ، އެ ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށް ދީފިއެވެ.

މިއަދު ގެޒެޓް ކުރެވުނު ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާޢިދުގައި ބުނެފައިވަނީ އިލްކްޓްރޯނިކް ސިގިރޭޓާއި ވޭޕް ބޭނުންކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ ޤާނޫނު ތަންފިޒުކުރާ އިދާރާއަކަށް ޤާނޫނެއްގެ ދަށުން ލިބިދޭ ބާރުން ނުވަތަ ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް، ކަމާއި ގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގިދާނެ ނުވަތަ އަތުލެވިދާނެ ކަމަށެވެ.

އެ ގަވާއިދުގައި ވަނީ ވޭޕް ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ އެމީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށް، އެކަމާ ގުޅިގެން ފުލުހުން އަންގާ އެންގުމަކާ ޚިލާފު ވެއްޖެ ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި ވިޔަފާރި ކުރާފަރާތެއްނަމަ 100000 ( އެއްލައްކަ ) ރުފިޔާ އިން ޖުރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު