Friday, November 13
ތައިލޭންޑުން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މަޝްވަރާކޮށްފި

ދިވެހި ދަރިވަރުންނަށް ތައިލޭންޑުން މަތީ ތަޢުލީމުގެ ފުރުޞަތުތަށް ފަހިކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރު އަދި ތައިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައެޅިފައިވާ ސަފީރު ފުވާދް ތަޢުފީޤް އާއި އެކު ކުރެއްވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުވުން މަޝްވަރާކުރެވިފައި ވަނީ ތައިލޭންޑް ސަރުކާރުގެ ފަރާތުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތަށް ފަހިކޮށްދިނުމާއި، ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް ޙާއްސަކޮށް ސްކޮލަރޝިޕްގެ ފުރުޞަތުތަށް ފަހިކޮށްދިނުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ދެ ޤައުމުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ގުޅުން ބަދަހިކުރުމުގެ އިތުރުން ޢިލްމީ ދިރާސާކުރުމާއި ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

މިފަދަ މަޝްވަރާ ބައްދަލުވުންތަކަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ކުރިއަރުވައި، ދިވެހި ޒުވާނުންނަށް އެކި ދާއިރާތަކުން ތަމްރީނުވުމުގެ ފުރުޞަތުތަށް ފަހިކޮށްދިނުމުގެ އިތުރުން ޤައުމު ބިނާކުރާނެ ހަރުދަނާ، ޤާބިލް ޒުވާނުން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު