Saturday, October 31
ބޫޓާނާއި ކުވޭތު އަދި ސްވިޓްޒަލަންޑަށް ސަފީރުން ޢައްޔަންކުރަން މަޖިލީހަށް

ރާއްޖެއިން އިތުރު ތިން ޤައުމަކަށް ނިން-ރެޒިޑަންޓް ސަފީރުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި މަޤާމުތަކަށް ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވައިފައެވެ. މިގޮތުން ރައީސް ހުށަހަޅުއްވާފައިވަނީ ބޫޓާނާއި ކުވޭތާއި ސްވިޓްޒަލޭންޑަށް ޢައްޔަންކުރަން ބޭނުންފުޅުވާ ނޮން-ރެޒިޑަންޓް ސަފީރުންގެ ނަންފުޅުތަކެވެ.

މީގެ ތެރެއިން ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑަންޓް ސަފީރުގެ މަޤާމަށް ހުށަހަޅުއްވާފައިވަނީ މިހާރު ބަންގްލަދޭޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދުގެ ނަންފުޅެވެ.

މީގެ އިތުރުން ކުވޭތަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑަންޓް ސަފީރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ފޮނުއްވީ މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، މ. ވެެސްޓްސައިޑް، އަޙްމަދު ސަރީރެވެ.

އަދި، ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑަންޓް ސަފީރުގެ މަޤާމަށް ރައީސް ހުށަހެޅުއްވީ މިހާރު ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ސަލްމާ ރަޝީދުގެ ނަންފުޅެވެ.

މި ތިން ބޭފުޅުންގެ ނަންފުޅުތައްވެސް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު