Friday, November 13
ރާއްޖޭގައި ކޮރަޕްޝަން ހުރި މިންވަރު އާއްމުން ދެކޭގޮތް 3 ދަރަޖަ ފަހަތަށް

ޕަބްލިކް ސެކްޓަރގައި ރާއްޖޭގައި ކޮރަޕްޝަން ހުރި މިންވަރު އާއްމުން ދެކޭގޮތް 3 ދަރަޖަ ފަހަތަށް ޖެހިއްޖެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އިއްޔެ އާންމުކުރި 2024 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީފީއައި)ގައި  ރާއްޖެ އެއް ޕޮއިންޓު ދަށަށް ވެއްޓިފައިވަނީ 39 ޕޮއިންޓުން 38 ޕޮއިންޓަށެވެ. މި އަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ގައުމުތަކުގެ ތެރޭގައި ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ގެ ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ސްކޯއާއި ރޭންކުން ހާމަވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި މާ ބޮޑު ކުރިއެރުމެއް ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންވެ، ސިޔާސީ އިސް ބޭފުޅުންނާއި ސަރުކާރުތަކުގެ އިސްވެރިންނާ ގުޅޭ މައްސަލަތައް ބެލުން ހަރުދަނާކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮރަޕްޝަން ހިމެނޭކަމަށް އާއްމުން ދެކޭ ކަންކަމުގެ ތެރޭގައި އެގައުމެއްގައި ރިސްވަތު އާއްމުވާ މިންވަރާއި، ދައުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ދައުލަތުގެ މަތީ މަޤާމްތަކުގައި ތިބޭމީހުން މަޤާމާއި ނުފޫޒް ބޭނުންކޯށްގެން ކަންކަން ބަދަލުކުރަނީ ކީހާމިންވަރަކަށްތޯ އާއި އެންޓި ކޮރަޕްޝަން އަށް ޚާއްޞަ ޤާނޫނުތައް އެކުލަވާލެވިފައިވޭތޯ ފަދަ ކަންކަން ހިމެނއެވެ.

މި ރިޕޯޓް ތައްޔާރުކުރަނީ ރާއްޖެއާއި ގުޅޭގޮތުން ހެދިފައިހުންނަ އެކި ސްޓަޑީސްތަކަށް ބަލައިގެންނެވެ. އެގެ ތެރޭގައި ވޯލްޑް ބޭންކުން ނެރޭ ރިޕޮތްތަކާިއ ، މަދަނީ ޖަމްއިއްޔާތަކުން ނެރޭ ރިޕޯޓްތައް ހިމެނެއެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް މުހިންމުވާ ސަބަބަކީ އިންވެސްޓަރުން ވިޔަފާރިއަށް އިންވެސްޓްކުރާއިރު އާއްމުން ދެކޭގޮތް މި ސްކޯއަށް ބިނާވާތީއެވެ.

ކޮންމެ އަހަރަކު އާންމުކުރާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" އަކީ އެކި ގައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ދައްކުވައިދޭ އިންޑެކްސްއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު