ގުއަޓެމާލާގެ ވެރިކަންކުރާ ގުއާޓެމާލާ ސިޓީގެ ރަށްބޭރު ހައިވޭ ބުރިޖުން ދަތުރު ކުރަމުން ދިޔަ ބަހެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، ހިޒް އެކްސެލަންސީ ސެސަރ ބަރނާޑޯ އަރޭވަލޯ ޑެ ލެއޯންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިގޮތުން ރައީސް ފޮނުއްވީ މެސެޖުގައި ވަނީ މި ހާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހާދިސާއާ ގުޅިގެން އެމަނިކުފާނު ވަނީ ގުއަޓެމާލާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައެވެ.
އިއްޔެ ގުއަޓެމާލާ ސިޓީގައި ހައިވޭ ބުރިޖުން ކައްސާލައި ތަޣައްޔަރުވެފައިވާ ކޯރަކަށް ބަހެއް ވެއްޓި ހިނގި މި ހާދިސާގައި މަދުވެގެން 51 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ގުއަޓެލާމާގައި ވަނީ ޤައުމީ ހިތާމައިގެ ތިން ދުވަސް އިޢުލާންކޮށްފައެވެ.
މި ލިޔުން ކިޔާލުމުން