Friday, November 13
ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ނެރުނު ދެ ތަނެއްގެ ރަޖިސްޓްރީ ބާތިލުކޮށް ދައުވާކުރަނީ

ދެ ބޮންޑެޑްވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ވީނުވީއެއް ނޭނގި ނެރެފައިވާ މައްސަލާގައި އެ ތަންތަނުން ކަސްޓަމްސް އަށް ދައްކަން ޖެހޭ 67 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރފުިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ކަސްޓަމްސް އިން ހުށަހަޅައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ މައްސަލާގައި ހިމެނެނީ އެގްޒޯޓިކް އެންޓަޕްރައިޒަސް އާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސް ކަމަށެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނީ އެގްޒޯޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއަރހައުސް ގެ ނަމުގައި ކަސްޓަމަސްގައި ރަޖިސްޓަރީ ކޮށްފައިވާ ވެއަރހައުސް ޗެކްކުރިއިރު އެ ބޮންޑެޑް ވެއަރހައުސްގައި ހުންނަންޖެހޭ ޔެލޯ ކެމަލް ބްރޭންޑްގެ 165 ކޭސް ސިނގިރެޓާއި، އެމެރިކަން ލެގެންޑް ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑްގެ 300 ކޭސް (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވައިދާ ޚިލާފަށް ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އަދި އެސްޖީއެމް ބޮންޑެޑް ވެއަރހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑް ވެއަރހައުސް ބަލާ ޗެކްކުރިއިރު އެ ތަނުގައި ހުންނަންޖެހޭ އެމެރިކަން ލެގެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރެޓާއި، އަފްޒަލް މޮލަސަސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ނެރެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ ތަނުގައި ހިމެނޭ މުދަލަށް އެގްޒޯޓިކް ކުންފުނިން ކަސްޓަމްސް އަށް ދައްކަންޖެހޭ 47.2 މިލިއަން ރުފިޔާ އާއި އެސްޖީއެމް އިން ދައްކަންޖެހޭ 20.7 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް، ހޯދުމަށް އެ ދެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

ކަސްޓަމްސް އިން މިހާރު ވަނީ ދެ ވެއަރހައުސްގެ ރަޖިސްޓްރީ ބާތިލްކޮށްފައެވެ.

ބޮންޑެޑްވެއަރހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއަރހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް މިހާރު ވަނީ އިސްލާހު ގެނެސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު