Friday, November 13
ކިޔޫގައި ނުޖެހި މަސް ކިރުވޭނެ ޙާލަތަށް މިފަހަރު ގެންނާނަން: ޝިޔާމް

ކިޔޫގައި ނުޖެހި މަސް ކިރުވޭނެ ޙާލަތަށް ދިވެހިރާއްޖޭގެ މަސްވެރި ޞިނާޢަތުގެ ޙާލަތު ގެންނާނެ ކަމުގެ ޔަޤީންކަން ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްކިރަން ކިޔޫގައި ޖެހިގެން ބައެއް އުޅަނދުފަހަރު އަންނައިރު ކުރިން އަންދާޒާކުރި މިންވަރަށް، މަސް ނެތުމުން އެ ދޯންޏާ ޖެހިގެން ކިއުގައި އޮންނަ ދޯންޏަށް ތަންކޮޅެއް އަވަހަށް ފުރުޞަތުދެވޭ ކަމަށެވެ.

''ކިޔޫ ނަމްބަރު މިދެވެނީ ދޯންޏަކުން ގުޅާފަ ތިމަންނަ މެން މި އަންނަނީ އޭ ކޫއްޑޫ ބަނދަރަށް މަސްކިރަން ތިމަންނަ މެންގެ އެބަ ހުއްޓޭ 40 ޓަނު ނޫނީ 50 ޓަނު. ދެން ކޫއްޑޫއިން މި ރިޒާވް ކުރަނީ 50 ޓަނު. އެކަމަކު ބަނދަރާ ހިސާބަށް އާދެވޭއިރު ގިނަ ފަހަރު މި ހުންނަނީ 20 ޓަނު. ހުރީމަ ދެވަނަ ދޯންޏަށް ތަންކޮޅެއް އަވަހަށް ކިޔު ނަމްބަރު އެބަ ދެވޭ" މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު މަސްކިރަން ބޭނުންކުރާ ބައެއް ބޯޓްތައް މަރާމާތުކުރުމަށް ފަހު މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްކިރުމަށް ބޭނުންކުރަން ފެށޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް އެއްވެސް އުދަގުލަކާ ނުލައި، ކިތަންމެ މަސްވެރިކަން ރަނގަޅަސް ކިއުގައި ނުޖެހި މަސް ކިރުވޭނެ ޙާލަތަށް ދިވެހިރާއްޖޭގެ މަސްވެރި ސިނާޢަތުގެ ޙާލަތު މި ސަރުކާރުން ގެންނާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފްކޯއަށް ދުވާލަކަށް ކިރުވެނީ 420 ޓަނު މަސްކަމަށެވެ.މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމުން ބައެއް ދުވަސްދުވަހު 450 ޓަނުގެ މަސް ވެސް ކިރުވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު