Saturday, October 31
މި އަހަރު އިތުރު 36 ކަނދުފަތި އަޅާނެ: މިނިސްޓަރ ޝިޔާމް

މި އަހަރު އިތުރު 36 ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ބަޖެޓު ހުރި ގޮތުން މި އަހަރު 36 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ވަދު ކަނދުފަތި އަޅާނެ ކަމަށެވެ. އެގޮތުން ސްޕޯޓްސް ފިޝިން ކަނދުފަތިތައް އަޅައިދޭން މިވަގުތު 80 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ  އަމާޒަކީ އެއް ރަށަށް ވުރެ ގިނަ ރަށްރަަށް ބޭނުން ހިފޭނެ ގޮތަކަށް ކަނދުފަތިތައް އެޅުން ކަމަށާއި ނަމަވެސް 6 މޭލަށް ވުރެ ދުރަށް މަސްވެރިން ދުއްވަން ނުޖެހޭ ގޮތަށް އެކަން ފަރުމާކުރައްވާނެކަމަށެވެ.

މިނިސްޓަރ ޝިޔާމް  ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ހަދާ ފެޑް ސެންޓަރުތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އުތުރުން ށ. ފުނަދޫގައި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޝިޔާމު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްްޓްރީން މިހާރު ވަނީ މާލެ ސަރަޙައްދުގެ އިތުރުން 3 ސަރަޙައްދެއްގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ޖެޓީތަކެއް ހެދުމަށް ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު