Saturday, October 31
އިސްދޫ އަދި ކަލައިދޫގެ ފެނުގެ މަޝްރޫޢު ނިންމާ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި

ލ. އިސްދޫ އަދި ކަލައިދޫގެ ފެނުގެ މަޝްރޫޢު ނިންމާ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ އިސްދޫ އަދި ކަލައިދޫގެވެސް މަސައްކަތްތައް ނިންމުމަށްފަހު އޮޕަރޭޓަރާ ހަވާލުކުރެވި، ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން މިހާރު ދަނީ ޚިދުމަތް ފޯރުކޮށްދެމުން ކަމަށެވެ.

‏އަދި މި މަޝްރޫޢުގެ ދަށުން ކަލައިދޫގެ 228 އަދި އިސްދޫގެ 245 ގެދޮރުގައި ވަނީ ފެނުގެ ޚިދުމަތް ޤާއިމުކުރެވިފައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

‏މިނިސްޓްރީން އިތުރަށް ބުނީ މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އިންޑިއަން އެގްޒިމް ބެންކުގެ ފައިނޭންސިންގެ ދަށުން އެސް.އެމް.ސީ. އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު