Saturday, October 31
ރޯދަ މަހު އެމްއެމްއޭ ހުޅުވާފައި ހުންނާނީ 09:00 އިން 13:00 އަށް

1446 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާފައި ހުންނާނެ ގަޑިތައް އާންމުކޮށްފިއެވެ.

އެމްއެމްއޭ އިން މިއަދު ބުނީ ރޯދަ މަހު އެ އޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ. ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ. ނަމަވެސް އެމްއެމްއޭ އިން ބުނީ މާރިޗު 27 އަދި 29 ވަނަ ދުވަހު އާންމުންނަށް ޚިދުމަތް ދިނުމަށް އެ އޮތޯރިޓީ ހުޅުވާފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުވެސް އެ އޮތޯރިޓީ ހުޅުވާނެއެވެ.

އެމްއެމްއޭ އިން ބުނީ ރޯދަ މަހު އެ އޮތޯރިޓީން ބޭންކިންގ ޚިދުމަތްތައް ދޭނީ 09:30 އިިން 12:00 އަށް ކަމަށާއި، ސިޓީ އާއި ތަކެތި ބަލައިގަންނާނީވެސް 09:30 އިން 12:00 އަށް ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަސް ފެށޭނީ މާރިޗު 1 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު