Monday, November 2
ރޯދަ މަހު އުމުރާއަށް ދާ މީހުންގެ ޑެބިޓް ކާޑުގެ ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ
މިއަހަރު ރަމަޟާންމަހު ޢުމްރާއަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ގޮތެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބޭންކް އޮފް މޯލްޑިވްސް އަށް އަންގަވައިފިއެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހު އުމްރާގެ އަޅުކަން އަދައިކުރަން ސައުދީއަށް ދާ ދިވެހީންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުުރުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކަމާ ގުޅޭ އިދާރާތަކަށް ވަނީ އަންގަަވާފައެވެ. މިއަދު މެންދުރުފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ފަދައިން އެންގެވީ ރޯދަމަހު އުމްރާއަށްދާ ދިވެހީންނަށް ބޭންކް ރޭޓުގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅޭ ތަފްޞީލް މިއަދު ބޭންކް އޮފް މޯލްޑިވް އިން ހާމަކުރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު