Tuesday, November 10
ރޯދައަށް ގެންނަ މުދާ ފަސޭހައިން ނެރެވޭނެ ގޮތް ހަދަނީ
ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިންޕޯޓުކުރެވޭ ޒަރޫރީ މުދާ ކްލިއަރ ކުރުމުގެ ކަންކަން ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމައި ގުޅޭގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކާއި އެކު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު މަޝްވަރާކޮށްފިއެވެ. އެގޮތުން މުދާ ބޭރުކުމުގެ ކަންކަން ކަށަވަރުކުރުމުގެ ގޮތުން މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލޓޑ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ، ސްޓޭޓްް ޓްރޭޑިންގ އޮގަނައިޒޭޝަން، އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އިސްފަރާތްތަކާއި އެކު މިނިސްޓަރ މިއަދު ވަނީ މަޝަވަރާކޮށްފައެވެ. މިނިސްޓަރ ސައީދު މީގެ ކުރިން ވަނީ ރަމަޞާން މަހަށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މުދާ ގެނެވެނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން އެސްޓީއޯ ގެ އިސް ފަރާތްތަކާއި އެކުވެސް ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އެސްޓީއޯ އިން ބުނީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ, ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓަރ ކުރަމުން އަންނަ ކަމަށް އެސްޓިއޯ ގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެސްޓީއޯ އިން މިހާރު ވަނީ ލުނބޯގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފައެވެ. މި ލުނބޯޝިޕްމަންޓާއި އެކު ލުނބޯގެ އަގު ހެޔޮވާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. އެސްޓީއޯ އިން ބުނީ ރަމަޟާން މަހު އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު