Friday, November 13
ޚަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި

ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރާއި، މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު ކުޑަކުރަން މިދިޔަ އަހަރު ނިންމަވައި، އެކަން އިއުލާނުކުރައްވައިފަ އެވެ.

ދެ އަހަރުގެ މުއްދަތަށް އެޅުއްވި މި ފިޔަވަޅުގެ ދަށުން، އަސާސީ މުސާރައިގެ ގޮތުގައި  މަދުވެގެން 12،000ރ. ލިބޭ ސިޔާސީ މުވައްޒަފުންގެ މުސާރަ މިދިޔަ މަހުން ފެށިގެން ވަނީ 10 ޕަސެންޓު ކުޑަކޮށްފައެވެ. ހަމަ މިއާއި އެކު  ރައީސަށް ލިބިވަޑައިގަންނަވާ 100،000ރ. މުސާރައިގެ ދެބައިކުޅަ އެއްބައި ކުޑަކުރައްވައި، އެ މަނިކުފާނު މިހާރު ނަންގަވަނީ 50،000ރ. ގެ މުސާރަ އެކެވެ.

ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމާއެކު، ކުންފުނިތަކުގެ ވެރިންނަށް ގިނަވެގެން ދެވޭނީ 90،000ރ. މުސާރައެއް ވަނީ ކަނޑައަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު