މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީގެ އިތުރުން ސްޓައިޕެންޑް ގެ ގޮތުގައި މަހަކު 4500 ރުފިޔާ ލިބޭނެއެވެ. ކޯސް ފީ އަކީ ޖުމުލަ 29880 ރުފިޔާ އެވެ. އެންދެރި" ޕްރޮޖެކްޓް އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ. މި ޕްރޮޖެކްޓްގެދަށުން ހަވާލުކުރާ ފުރަތަމަ އެހީ ލ.އަތޮޅުގެ 9 ރަށަކަށް ވަނީ ދީފައެވެ. މީގެތެރޭގައި ދަނޑުވެރިކަން ކުރުމާއި، ދަނޑުތަކުން އުފައްދާ ތަކެތި މާކެޓްކުރުމަށް އެހީވުމާއި، ރާއްޖޭގެ ތިމާވެށީގެ ޙާލަތާއި ގުޅޭ ރިޕޯޓް ތައްޔާރުކުރުމާއި، ސްކޫލް ފެންވަރުގައި ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ.ENDhERI is offering 15 scholarships for Laamu Atoll for the BSc. in Climate Change degree by MNU. https://t.co/IFqSrb1IvC Apply: https://t.co/Jr4msDXDSk Blended mode. Study in your own island with 3 visits to the MNU campus per semester.#ENDhERI #Laamu #theGEF #MNU pic.twitter.com/dWbDXaXUt3
— Ministry of Tourism and Environment (@MoTmv) February 9, 2025

އެންދެރި ޕްރޮޖެކްޓްގެ ދަށުން ލ އަތޮޅު ދަރިވަރުންނަށް ޚާއްޞަކޮށްގެން 15 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ތިމާވެށީގެ ދާއިރާއިން ތައުލީމް ހާސިލްކުރުމަށް ހުޅުވާލި ތިން އަހަރު ދުވަހުގެ މި ޑިގްރީ ކޯހަކީ ބެޗްލާ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ޕްރޮގްރާމެކެވެ.
މި ކޯސް ކުރިއަށް ދާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލ ގަމު ކެމްޕަސްގައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ފަށާ މި ޕްރޮގްރާމް ރަށުގައި ތިބެގެން ކިޔެވޭނެއެވެ. ބްލެންޑެޑްކޮށް ކިޔަވާ މި ކޯހުގެ ދަރިވަރުން ޔުނިވަރސިޓީ ކެމްޕަސްއަށް ހާޒިރުވާން ޖެހޭނީ ކޮންމެ ސެމީސްޓައެއްގައި ތިން ފަހަރު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން





