Saturday, October 31
ފާޑު ކިއާ މީހުން ކީއްވެބާ އެމީހުންގެ ނަންތައް ތާނަ އަކުރުން ނުލިޔަނީ: ޑރ. ޝަހީމް

"މައިންޑްފުލް ރަމަޟާން" ތާނަ ބަހުން ލިޔެފައިވާ ބެކްޑްރޮޕަށް ކިޔާ ފާޑުކިޔުންތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ރައްދު ދެއްވައިފިއެވެ.

އެމަނިކުފާނުގެ ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކަންބޮޑުވުން ހުރި ކަންކަން ހައްލު ކުރައްވާނެ ކަމަށެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ ފާޑު ކިޔާ އެންމެންގެ ނަން ފޭސްބުކުގައި ލިޔެފައި ހުރީ ފަރަންޖީ އަކުރުން ކަމަށް ވިދާޅުވެ އެމީހުންގެ ނަންތައް ތާނަ އަކުރުން ނުލިޔަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

"ފާޑު ކިޔާ އެންމެންގެ ނަން ފޭސްބުކުގައި ލިޔެފައި ހުރީ ފަރަންޖީ އަކުރުން. ކީއްވެބާ އެމީހުންގެ ނަންތައް ތާނަ އަކުރުން ނުލިޔަނީ. ގައިމު ތާނަ އަކުރުން ލިޔެވޭނެ."
ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމްގެ ފޭސްބުކް ޕޯސްޓް
ޑރ. ޝަހީމްގެ ފޭސްބުކް ޕޯސްޓް

އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ޒުވާން ކުދިން ތަކަކަށް ކުރެވޭ ކަމަކަށް އިސްތިޢުމާރުވެފައި ތިބި ބައެއްގެ ގޮތުގައި ސިފަކޮށް ރައްދުދީ ހެދުން އެހާ ބަލައިނުގަނެވޭ ކަމަށާއި ކަންކަން އިސްލާހު ކުރަން ހެޔޮ ނަސޭހަތް ދެއްވުން މުހިންމު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު