Saturday, October 31
ސަޢޫދީގައި ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލައްވައި ނަތަންޔާހޫ ދެއްކެވި ވާހަކަ ރާއްޖެއިން ކުށްވެރިކޮށްފި

ސަޢޫދީގައި ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލައްވައި ނަތަންޔާހޫ ދެއްކެވި ވާހަކަ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

މިގޮތުން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލައްވައި، އިޒްރޭލުގެ ބޮޑުވަޒީރު ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން، އެ ބަޔާނުގައި ސަރުކާރުން ވަނީ ސަޢޫދީ ޢަރަބިއްޔާއާއެކު ރާއްޖެއިން އޮތްކަން ތަކުރާރުކުރައްވައި، ސަޢޫދީގެ އިސްތިޤުލާލާއި ސަލާމަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް ނުރައްކާވާ އެއްވެސް ބަޔާނަކާ ރާއްޖެއިން ދެކޮޅު ކަމަށް ބަޔާންކޮށްފައެވެ. އަދި މިފަދަ ބަޔާންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އ.ދ. ގެ ޗާޓަރ އާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއްކަންވެސް ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ސަރުކާރުން ވަނީ 1967 ގެ ކުރިން ފަލަސްޠީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަކީ އެ ޤައުމުގެ ރައްޔިތުންގެ ޙައްޤެއް ކަމުގައި ރާއްޖެއިން ތާއީދުކުރާ ކަމަށް ބުނެފައެވެ. އަދި، ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާ މިފަދަ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ތެދުވުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.

ބަޔާން ނިންމާލަމުން ބުނެފައިވަނީ މިފަދަ ބަޔާންތަކަކީ ހަމައެކަނި ސަޢޫދީ ޢަރަބިއްޔާގެ އިސްތިޤުލާލާ ޚިލާފު ވާހަކަތަކެއް ނޫން ކަމަށާއި، ފަލަސްޠީނުގެ ޙައްޤުތަކަށް އިންކާރުކުރުން ކުރިއަށް ގެންދިއުން ތަމްސީލުކުރާ ވާހަކަތަކެއްވެސް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު