Tuesday, November 10
މިއަހަރު އިންޑިއާ އިން ތިން ލައްކަ ފަތުުވެރިން ގެނައުމުގެ އަމާޒު ހިފައިފި

މިހިނގާ 2025 ވަނަ އަހަރު އިންޑިއާ އިން ތިން ލައްކަ ފަތުުވެރިން ގެނައުމުގެ އަމާޒު ރާއްޖެއިން ހިފައިފިއެވެ.

2023 ވަނަ އަހަރު ރާއްޖެއަށް ޓޫރިސްޓުން އައި މާރކެތްގެ އެންމެ ކުރީގައި އޮތް ނަމަވެސް ނިމިދިޔަ 2024 ވަނަ އަހަރު އިންޑިއާ ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ.

އިންޑިއާގެ ފަތުރުވެރިން އަލުން ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ބްރޭންޑް އެމްބެސެޑަރެއް ހޯދުމާއި އިންޑިއާގައި މަހުން މަހަށް އިވެންޓްތައް ބޭއްވުމާއި ރާއްޖޭގައި ކްރިކެޓް ސަމަރ ކޭމްޕްތައް އިންތިޒާމް ކުރުން ފަދަ ބޮޑު ކެމްޕެއިނެއް މިހާރު ފަށާފައެވެ.

މީގެ އިތުރުން އިންޑިއާގެ ކަލްކަތާ، ޕޫނޭ، އަދި ޗެންނާއީ ފަދަ ސިޓީތަކުން ސީދާ ދަތުރުތައް ތައާރަފް ކުރުމަށް އެއާލައިންތަކާ ގުޅިގެން ވެސް އެގައުމުން ދަނީ މަސައްކަތް ކުރަމުން އަންނަ ކަމަށް ބިޒިނަސް ޓްރެވެލަރ އިން ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން އަލުން ބަދަހިވަމުން އަންނައިރު، މިހިނަގާ  2025 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް އަންނަ މީހުންގެ އަދަދު އަލުން އާލާވާނެ ކަމަށް ޓޫރިޒަމް ދާއިރާއިން ލަފާކުރެއެވެ.

އިންޑިއާގެ އިން ރައްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 2023 ވަނަ އަހަރު ހުރީ 209،193 ގައެވެ. އެހެން ނަމަވެސް މިދިޔަ 2024 ވަނަ އަހަރު އެ އަދަދު ވަނީ  130،805 އަށް ދަށްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު