Friday, November 13
މެރިން ރިސާޗަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޝަކީލް ނިޔާވެއްޖެ
މެރިން ރިސާޗަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޝަކީލް ނިޔާވެއްޖެއެވެ. މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޝަކީލް ނިޔާވެއްޖެއެވެ. ނިޔާވި އިރު ޢުމުރުރަކީ 64 އަހަރެވެ. އޭނާ ވަނީ އެ އިންސްޓިޓިއުޓަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. ޙަސަން ޝަކީލް ކުއްލިއަކަށް ނިޔާވުމާއި ގުޅިގެން މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ޝަކީލް ނިޔާވިއިރު ހުންނެވީ އެ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވީ ހަސަން ޝަކީލަކީ، މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެ އިންސްޓިޓިއުޓަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅަކީ ޝަކީލްކަމަށްވެސް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު