Tuesday, November 10
މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާ އާއި ބެންގކޮކަށް ފެށޭތޯ ބަލަނީ

މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާ އަދި ބެންގކޮކަށް ފެށޭތޯ ބެލުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

މޯލްޑިވިއަން އިން ބުނީ އެ ދެ ޤައުމަކީ ދިވެހިން ވަރަށް ގިނައިން ދަތުރުތައް ކުރާ ޤައުމުތައް ކަމަށްވާތި އެ ދެ މަންޒިލަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށްޓައި " އެކްސްޕްލޯ" ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު "ސަބަބު އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ބަލަމުންދަނީ އެ ދެ މަންޒިލަށް ސީޒަނަލް ފްލައިޓްތަކެއް އެޅުމަށް ކަމަށެވެ.އެއީ މިހާރުވެސް ގިނަ އެއަަރލައިން ތަކުން އެ ދެޤައުމަށް ދަތުރުތައް ކުރާތީ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ތައިލެންޑްގެ ބެންކޮކް އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ޖެނެރަލް ސޭލްސް އެޖެންޓް (ޖޭއެސްއޭ) ގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން  މިހާރު އެކުންފުނިން ވަނީ އިއުލާންކޮށްފައެވެ. މި ޚިދުމަތް ދިނުމަށް އައިލެންޑް އޭވިއޭޝަންއާއެކު އެއްބަސްވުމަށްފަހު ޖޭއެސްއޭގެ ހިދުމަތްދޭ ކުންފުނިން ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ތަމްސީލުކޮށްގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.

މޯލްޑިވިއަން އިން މިހާރުވެސް އިންޑިއާގެ ދެ މަންޒިލަކާއި ޗައިނާގެ ދެ މަންޒިލަކަށް ދަތުރުތައް ކުރެއެވެ.

މޯލްޑިވިއަންގައި މިހާރުވެސް އޭ330 މަރުކާގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް އޮވެ އެވެ. މި ފްލައިޓް ގެނައީ ފާއިތުވި ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން މިހާރުވެސް ވަނީ އެއާބަސް އޭ330-200 މަރުކާގެ ބޯޓެއް ހޯދުމަށް އިއުލާންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު