Friday, November 13
ސައޫދީ ގެ އެހީތެރިކަމާއި އެކު ޒުވާން ޙަތީބުން އުމުރާއަށް
ސައޫދީ ގެ އެހީތެރިކަމާއި އެކު ޒުވާން ޙަތީބުން އުމުރާއަށް ސައޫދީ އަރަބިއްޔާގެ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން  ޒުވާން ޙަތީބުން ހިމެނޭހެން ޒުވާނުންނަށް އުމުރާގެ ފުރުޞަތު ފަހިކޮށްދީފިއެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ވަމީ އާއި މިނިސްޓްރީން އިންތިޒާމް ކުރާ މި ދަތުރުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި  އިސްލާިކް ޔުނިވަރސިޓީ ޔޫނިއަންއާއި ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވާނެ ކަމަށެވެ. މިނިސްޓްރީން ވަނީ މި ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް އުމުރާ ކުރުމުގެ މަޢުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ބާއްވާފައެވެ. 2024 ވަނަ އަހަރު އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމަށް ހިންގުން ޤައުމީ މަޝްރޫޢު ގައި ޖުމްލަ 930 އިމާމުންނާއި ޚަޠީބުން ވަނީ ތަމްރީން ކޮށްފައެވެ. ތަމްރީން ކުރި ޒުވާން ހަތީބުން މިހާރު ދަނީ މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު އަދި އަދި ނަމާދުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު