ކުރިއަށް އޮތް އިންތިޚާބުތަކަށް އެމްޑީޕީން ނުކުންނާނީ މިއަދުގެ ނަތީޖާތަކުން ހިތްވަރު ހޯދައިގެން ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ސަރުކާރު ނުކުމެ ދައުލަތުގެ މުދަލާއި ބާރުގެ ބޭނުންކޮށް ބަހަމުންދިޔަ ފައިސާ އާއި ވަޒީފާތަކުގެ ކުރިމަތީގައި އެމްޑީޕީގެ މެންބަރުން މިއަދު ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށާއި، ސަރުކާރުން ބިރު ދެއްކި ނަމަވެސް ބިރު ފަހަނައަޅައި ރައްޔިތުން ނުކުންނާނެކަން މިއަދުގެ ނަތީޖާތަކުން ސާފު ކަމަށެވެ.
މުޅި ސަރުކާރު ނުކުމެ ދައުލަތުގެ މުދަލާއި ބާރުގެ ބޭނުންކޮށް ބަހަމުންދިޔަ ފައިސާ އާއި ވަޒީފާތަކުގެ ކުރިމަތީގައި އެމްޑީޕީގެ މެމްބަރުން މިއަދު ހޯދީ ބޮޑު ކާމިޔާބީއެއް. ސަރުކާރުން ބިރު ދެއްކި ނަމަވެސް ބިރު ފަހަނައަޅައި ރައްޔިތުން ނުކުންނާނެކަން މިއަދުގެ ނަތީޖާތަކުން ސާފު. ކުރިއަށް އޮތް…
— Fayyaz Ismail (@faya_i) February 8, 2025
"ކުރިއަށް އޮތް އިންތިހާބުތަކަށް އަޅުގަނޑުމެން ނުކުންނާނީ މިއަދުގެ ނަތީޖާތަކުން ހިތްވަރު ހޯދައިގެން. މި އިންތިހާބުތަކުގައި އެމްޑީޕީއަށް މަސައްކަތް ކޮށްދެއްވައި ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން"، ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟް މިހެން ވިދާޅުވިއިރު، މިއަދު ކުރިއަށްގެންދިޔަ މި އަހަރުގެ ފުރަތަމަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ނ. މިލަދޫ އާއި އދ. ހަންޏާމީދޫގެ ގޮނޑިއެވެ.
މިއަދުގެ އިންތިޚާބުތަކުގައި ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީންނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ޕީއެންސީން ވަނީ ނ. ލަންދޫ އާއި، ރ. އިންނަމާދޫ ދެ ގޮނޑި އާއި، ލ. ގަމާއި، ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އާއި ހދ. ހިރިމަދޫ އާއި ނ. ފޮއްދޫ އާއި ބ. ގޮއިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައެވެ.
އަދި ބާކީ ދެ ދާއިރާ ކަމަށްވާ ދ. ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއާއި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.
ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު 16:00 އާ ހަމައަށް ކުރިއަށްގެންދިޔައިރު، ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 11،325 މީހުންގެ ތެރެއިން 6،275 މީހުންނެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ. ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވައެވެ.
މި ލިޔުން ކިޔާލުމުން
2 ކޮމެންޓު
ތިއަތާކު ނެތޭ އަތްކަނޑަން ޖެހިއްގެއްޔާ ހަތަރެސްފައި އިން އެންމެ ގުނަވަނެއްވެަް ސަލާމަތްކުރެވޭނެ މީހަކު
މި ލިޔުން ކިޔާލުމުން
ހެހެހޭ ފަތްޔާޒު ތިހޯދެވީ ވ ބޮޑު ކުރިއެރުމެއް ކަން ވ ސާފުކޮއް އެނގެން މިއޮތީ 37 ގޮނޑިން 4 ގޮނޑި ލިބުނީ ހުނިގޮނޑިއަކާއެކު ކަލޯ މިހިރަ ބޯގަންވިލާ ދެބޯ ބުރާންޗާ ހޭބަލިވޭ ދެން މޑޕ މިހާރު ތިއޮތީ ހިނަވަން ޖެހޭ ހިސާބުގަ
މި ލިޔުން ކިޔާލުމުން