Saturday, October 31
އިހަވަންދޫ ރަމަޟާން ބާޒާރަށް ބޮޑު ތަރުހީބެއް

ހއ އިހަވަންދޫގައި މިއަދު ކުރިއަށް ދިޔަ ރަމަޟާން ބާޒާރަށް ބޮޑު ތަރުޙިބެއް ލިބިއްޖެއެވެ.

އިހަވަންދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިއަދުގެ ބާޒާރަށް ކުޅުދުއްފުށިން އެކަނިވެސް 1000 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީ ސީކުއީން ބޯޓާއި ބާދުޝާހު ބޯޓުން އެރަށަށް ދަތުރު ހަދައިގެން މީހުން އައެވެ.

ސީ ކްއީން ބޯޓުން މިއަދު ގިނަ އަދަދެއްގެ ބަޔަކު އިހަވަންދޫ ބާޒާރަށް ވަނީ ޒިޔާރަތްކޮށްފައި- ފޮޓޯ: އިހަވަންދޫ ޑޮޓް ކޮމް

އިހަވަންދޫ ކައުންސިލުން ވަނީ ރަށަށް މީހުން ޒިޔާރަތް ކުރާނެތީ ކައުންސިލް އަދި ވިޔަފާރިވެރިން ވެސް ވަނީ ތައްޔާރުވެފައެވެ.

ބޮޑު ބާޒާރެއްގެ ގޮތަށް ކުރިއަށް ގެންދިޔާ މި ޙަރަކާތުގައި އެ ރަށުގެ ރެސްޓޯރަންޓް ކެފޭ އަދި ގޭގައި ތަކެތި ހަދައިގެން ވިއްކާ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ރަށަށް ޒިޔާރަތްކުރާ މެހުމާނުނަށް ޒާރޫރީ ބޭނުންކުރެވޭ އިންތިޒާމް އާއި އަންހެނުންނަށް ނަމާދުކުރެވޭ ގޮތަށް އެރަށު ރަށްވެހި ހިޔާ ވެސް ކައުންސިލުން ވަނީ ހަމަޖެހިފައެވެ.

އިހަވަންދޫ ބާޒާރުގައި ރޯދައަށް ގެއަށް ބޭނުންވާ ތަކެއްޗާއި، ހމަހާއި ރިހާކުރު ފަދަ ތަކެތި ވިއްކަން ހުރެއެވެ. ގިނަ އަދަދެއްގެ ބަޔަކު މި ބާޒާރަށް ގޮސް ވިޔަފާރި ކުރަނީ އެހެން ރަށްރަށަށް ވުރެ އަގުހެޔޮކޮށް ތަކެތި ލިބޭތީއެވެ.

މި ބާޒާރަށް ކުޅުދުއްފުށި، ނޅިވަރަންފަރު އަދި ހއ ތުރާކުނުން ވެސް މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް އިހަވަންދޫގައި ރަމަޝާނން ބާޒާރު ކުރިއަށް ގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު