Saturday, October 31
މީދޫގައި ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމުގައި ޢަމަލުކުރި ގޮތް ބަލަނީ

ރ. މީދޫގައި ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލް ކުރުމުގައި ޢަމަލުކުރި ގޮތް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވަމުންދިޔަ ކުދިންތަކަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުސް އޮފިސަރަކު ނަސޭހަތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް އެ ކުދިން ދެކޮޅު ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ފުލުސް އޮފިސަރަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދާއިރު، އެ ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކުރި ކަމަށް އޭނާގެ ޢާއިލާއިން ތުހުމަތު ކުރާތީ، އެ މައްސަލަވެސް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ކުއްޖާ ކޮންޓްރޯލް ކުރުމުގައި ޢަމަލުކޮށްފައިވާ ގޮތް ރިވިއުކުރުމުގެ މަސައްކަތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އްއްޓަމަސް - 2025-02-08T17:33:16

    ކޮނޮ ކުޑައެއް ސައިޒުގަ ބައިތިއްބާ ކޮން ކަމެއް މައިންބަފައިންނަށް ނުބެލެހެއްޓޭތީދޯ ނުކުމެ ލާތެޅިބާލަނީ