އޭޑީކޭ ގްރޫޕްގެ ލަގްޒަރީ ޔޮޓެއްގައި ރޯވެ އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނީ ރީތި ރަށް ރިސޯޓު ކައިރިން ފަސް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓު މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރު ލިބިފައިވާ ކަމަށާއި، އެ ހާދިސާގައި ނަވައިމާ ޔޮޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ.
މި ޔޮޓުގައި ރޯވިއިރު ފަސް މީހުން ތިއްބެވެ. އޭގެ ތެރެއިން ދިވެހި ފިރިހެނަކަށް ފަރުވާ ދިނުމަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.
މީގެ 17 ވަރަކަށް އަހަރު ކުރިން ބަނދެފައިވާ 26.25 މީޓަރު ދިގު މި ޔޮޓުގައި އަލިފާން ރޯވެ އަޑިއަށް ދިޔަ ހާދިސާ ފުލުހުން ދަނީ މިހާރު ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން