ބ އަތޮޅު ކަމަދޫގައި ކަމަދޫ އައިލޭންޑް މިއުޒިކް ފެސިޓިވަލް ނުވަތަ "ކިމް" ފެސްޓިވަލް ގެ ނަމުގައި ވަރަށް ޚާއްޞަ ފަންނާނުންގެ ފެސްޓިވަލް އެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ފެސްޓިވަލް ކުރިއަށް ދާނީ މިހިނގާ ފެބުރުއަރީ މަހުގެ 12 އިން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިކަން އިންތިޒާމްކުރާ ކިމް ފެސްޓިވަލްގެ ޑިރެކްޓަރ އަދި މަޝްހޫރު މިއުޒިކު ކުޅުންތެރިޔާ އަހްމަދު ފަސީހު ވިދާޅުވީ މިއީ އެހެން ޤައުމުތަކުގައި އެއްފަސްގަނޑެއްގައި ބޮޑެތި ފެސްޓިވަލް ބޭއްވުނު ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތުން އެފަދަ ގޮތަކަށް ފަންނާނުންގެ ފެސްޓިވލް ނުބެއްވޭތީ އެކަން އިޝްތިހާރުކުރުމަށް ވަރަށް ބޮޑަށް ރާވައިގެން ކުރިއަށް ގެންދާ ފެސްޓިވަލް އެއް ކަމަށެވެ.
ކަމަދޫގައި ފެސްޓިވަލް ކުރިއަށް ދާއިރު ސްޓޭޖް ހަރަކާތުގެ އިތުރުން، ހަނގޭރީގެ ވައޮލިން ކުޅޭ އާރޓިސްޓެއްގެ ވޯރކޝޮޕަކާއި، ކަމަދޫގެ ގަސްތަކުގެ ތެރޭގައި މިއުޒިކު ކުޅޭ ސާމާނު އަތުރާ ދައްކާލުމާއި އާޓިސްޓުންގެ ޖޭމިންގ ސެޝަންތައް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ދިވެހި ކާއުމާއި، ކޮފީގެ އިތުރުން ކަމަދޫގެ އަންހެނުންގެ ކޮމެޓީގެ ފަރާތުން ދިވެހި ކެއުމެއް ކަމަށްވާ ހުނިހަކުރު ހެދާނެ ގޮތް ކިޔައިދިނުމުގެ ޚާއްޞަ ސެޝަންއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ފަސީހު ވިދާޅުވިއެވެ.
މި ފެސްޓިވަލް ގައި ކޮންމެ ދުވަހަކު ހެނދުނު ކަސްރަތުގެ ޕްރޮގްރާމެއް ވެސް އޮންނާނެއެވެ.
ކިމް ފެސްޓިވަލް އިންތިޒާމްކުރާ ފަރާތުން މިހާރު ވަނީ މި ޙަރަކާތް ބަލާލުމަށް އެކި އެކި ޕެކޭޖްތައް ވެސް ހަދާފައެވެ. އެގޮތުން ފެސްޓިވަލް ބަލަން ދާން ބޭނުންވާ ދުވަހެއްގެ ހެދުނު އެރަށަށް ގޮސް އެރޭ ރޭގަނޑު މާލެ އާދެވޭގޮތަށް ވެސް ވަނީ ޕެކޭޖްތައް ވިއްކަން ފަށާފައެވެ.
މީގެ އިތުރުން ބ އަތޮޅުގެ އެހެން ރަށްރަށުގެ އިތުރުން ރ އަދި ޅަ އަތޮޅުން ފެސްޓިވަލް ބަލަން އަންނަ ފަރާތްތަކަށްވެސް މިކަން އިންތިޒާމްކުރާ ފަރާތުން ވަނީ ޚާއްޞަ ޕެކޭޖްތަކެއް ހަދާފައެވެ.
ބ. ކަމަދޫ މޫދު ސަރަހައްދުގައި އޮންނަ ދޮންވެލިގަނޑަކީ އިރުވައިގެ މި ދުވަސްވަރާއި ދިމާކޮށް ވަރަށް ބޮޑުވެ ރީތިކޮށް އޮންނަ މޫދެކެވެ.
ކަމަދޫ ފާހަގަކުރެވެނީ މިފަދަ ކަންކަމުގައި ރަށުގެ ކުދި ބޮޑު އެންމެން ވަރަށް ފޯރީގައި އެކަތިގަނޑަކަށް ވެގެން ކަންކަމުގައި ބައިވެރިވާ ރަށެއްގެ ގޮތުގައެވެ.
މި ލިޔުން ކިޔާލުމުން