ހެޔޮވެރިކަމާއި ތަނަވަސްކަމަކީ އޭގެ ޒާތުގައި ގުޅިފައިވާ ދެ ކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
13 yrs since Coup that toppled Maldives' first democratic govt, disrupting democratic consolidation, derailing economic advancement & people's prosperity. Good governance and prosperity are intrinsically linked.
Good governance matters for individual & country. pic.twitter.com/lR4eRe5izL— Eva Abdulla (@evattey) February 7, 2025
މިގޮތުން އީވާ ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ސަރުކާރު ވައްޓާލައި، ޑިމޮކްރަސީ ވަރުގަދަކުރުމަށް ބުރޫއަރައި، އިޤުތިޞާދީ ތަރައްޤީ އާއި ރައްޔިތުންގެ ތަނަވަސްކަމަށް ހުރަސްއެޅި ބަޣާވާތަށް 13 އަހަރުވެފައިވާ ކަމަށާއި، ހެޔޮ ވެރިކަމާއި ތަނަވަސްކަމަކީ އޭގެ ޒާތުގައި ގުޅިފައިވާ ކަންކަން ކަމަށެވެ.
މީގެ އިތުރުން، ހެޔޮ ވެރިކަމަކީ ވަކިވަކި ފަރުދުންނަށާއި މުޅި ޤައުމަށްވެސް ބޭނުންވާ ކަމެއް ކަމުގައި އީވާ ވިދާޅުވިއެވެ.
އީވާ މިހެން ވިދާޅުވިއިރު، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ 7 ފެބުރުވަރީ 2012 ގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތައްކޮށް، ބައެއް ފުލުހުންނާއި ސިފައިންވެސް ސަރުކާރާ ދެކޮޅަށް ނުކުމެ ހިންގި ހަމަނުޖެހުންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ. އެއިރު އެމްޑީޕީގެ ލީޑަރަކަށް ހުންނަވައިގެން އިންޤިލާބީ އިންތިޚާބަކަށްފަހު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ސަރުކާރަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރެވެ. އެއިރުގެ ސަރުކާރު ބަދަލުވީ "ބަޣާވާތަކުން" ކަމަށް ރައީސް ނަޝީދާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރެއެވެ.
ނަމަވެސް، އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެސް ވާ ގޮތުން ރައީސް ނަޝީދު އިސްތިއުފާދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.
މި ލިޔުން ކިޔާލުމުން